އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމު: ފައިލް ފޮޓޯ

މުދައްރިސުންގެ އަގުހުރި މަސައްކަތަކީ ޝުކުރުން ފުރިގެންވާ މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ.

މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވި ސަޕްލިމެންޓަށް އެކަމަނާދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ މުދައްރިސުންގެ މަސައްކަތަކީ ޤައުމެއްގެގޮތުގައި ޤައުމެއް ކުރިއަރައި ދިއުމަށް ނުހަނު ބޭނުންތެރި މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި އެހާމެ ބުރަ ޒިންމާދާރު މަސައްކަތެއް ކަމަށެވެ.

މިގޮތަށް ފާހަގަކުރާ އެންމެ ދުވަހަކުން މުދައްރިސުންގެ މަސައްކަތުގެ އަގު ފާހަގަ ނުކުރެވޭނެ ކަމަށާއި ޤައުމުގެ މުސްތަޤުބަލް ބައްޓަންކޮށް ޒިންމާދާރު، ހުނަރުވެރި ޢިލްމުވެރި ރައްޔިތެއް ބިނާކުރުމުގެ މަސައްކަތަކީ ކުޑަމަސައްކަތެއް ނޫން ކަމަށްވެސް ޑރ. ޢައިޝަތު ޝިހާމު ވަނީ ފާހަގަ ކުރައްވާފައެވެ.

މުދައްރިސުންގެ އެންމެ ބޮޑު ޒިންމާ އަމާޒުވެފައިވަނީ ދަރިވަރުންގެ މައްޗަށް ކަމަށާއި އެދަރިވަރުންގެ ހުނަރު ތަރައްޤީކޮށް މާތްވެގެންވާ އިސްލާމު ދީނުގެ އުސޫލުތައް ކުރިއަށް ނެރޭ ޤައުމަށް ދިވެހިވަންތަ ދަރިވަރެއް ބިނާކުރުމުގެ މައްޗަށް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

 

އަރިއަތޮޅު އުތުރުބުރި (އއ. އަތޮޅު)ގެ 2 ރަށެއްގައި އެސްޓީއޯ އިން ބޭސްފިހާރަ ހުޅުވައިފިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އާސަންދައިގެ ޚިދުމަތްލިބޭ ބޭސްފިހާރައެއް ޤާއިމު ކުރުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ބޭސްފިހާރަ ހުޅުވާފައިވަނީ އެ އަތޮޅު ބޮޑުފުޅަދޫ އާއި އުކުޅަހުގައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މި ހުޅުވުނު ބޭސްފިހާރަ އާއެކު އެސްޓީއޯގެ ޢަދަދު 176އަށް ވަނީ އަރާފައެވެ.

މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް ހެލްތާއި ލޯކަލް ކައުންސިލުތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

ގދ. ތިނަދޫ އަބްދުﷲ އަހުމަދު ފައުންޑޭޝަނުން ގުރުއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ.

އެއްވަނަ އަށް ހޮވޭ ފަރާތަކަށް އުމްރާ ދަތުރެއް ލިބޭ ގޮތަށް ބާއްވާ މި ޤުރުއާން މުބާރާތަކީ ތިނަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ އަހުމަދު އޭނާގެ ބައްޕަ އަލްމަރުޙޫމް އަހުމަދު ހުސައިން ގެ ހަނދާނުގައި ބާއްވާ ގުރުއާން މުބާރާތެކެވެ.

އޭނާގެ ބައްޕައަކީ އަހަރުތަކެއް ވަންދެން ކުދިންނަށް ޤުރުއާން އުނގަންނައި ދިނުމުގައި އުޅުނު އެދުރެއް ކަމަށާއި އޭގެ އިތުރުން ތިނަދޫ ދަރިވަރުންގެ ހިތުގައި ޤުރުއާނާ މެދު ލޯބި ޖެއްސުމަކީ މުބާރާތުގެ މަޤުޞަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ތިނަދޫ ހަވަރު ސްޕޯރޓްސް އާ ގުޅީގެން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ އެއްބަސްވުމުގައި މިހާރުވަނީ ސޮއި ކޮއްފައެވެ.

 

އެމްޑީޕީން މިއަދު މާލޭގެ މަގުތަކުގައި ބޭއްވި ހިނގާލުމުގެ ތެރެއިން. ފޮޓޯ: ފާރިސް

މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން މާލޭގެ މަގުތަކުގައި ހިނގާލުމެއް މިއަދު ބާއްވައިފިއެވެ.

މިއީ ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިނިވަންކުރުމަށް ގޮވާލާ ބޭއްވި ހިނގާލުމެކެވެ.

ހިނގާލުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޢަބްދުލް ޣަފޫރު މޫސާ ވިދާޅުވީ ބައިނަލްއަޤުވާމީ ފަރާތްތަކުން ގޮވާލާ ގޮވާލުންތަކަށް ސަރުކާރުން ޖެހޭނީ ކިޔަމަންވާން ކަމަށާއި މި ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމަށެވެ.

އަދި  އަދާލަތު ޕާޓީގެ ރައީސް އިމްރާނާއި ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކުރުމުގެ ކުށް ޘާބިތުވެފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް މިނިވަންކުރުމަށްވެސް ހިނގާލުމުގެ ބައިވެރިން ވަނީ ގޮވާލައިފައެވެ.

އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒާއި އެޕާޓީގެ ގުނަ ސަޕޯޓަރުންބައިވެރިވި މި ހިނގާލުން ފަށާފައިވަނީ މިއަދު ހަވީރު 16:00ގައި ރާޅުގަނޑު ސަރަޙައްދުންނެވެ. އަދި ނިންމާލާފައިވަނީ އިރުއޮއްސި 18:00ގައި ހެދިގޮނޑުދޮށް ސަރަޙައްދަށެވެ.

ކްރިމިނަލް ކޯޓުން އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ގާނޫނާ ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށް ކަނޑައަޅައިދިނުމަށް ރައީސް ނަޝީދު ޔުނައިޓެޑް ނޭޝަންސް ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން ހުށަހަޅާފައިވާ މައްސަލާގައި އެ ގްރޫޕުން ސަރުކާރަށް ހުށަހެޅި ކަންކަން ބަލައިނުގަތުމަށް ފޮރިން މިނިސްޓްރީން ވަނީ ނިންމާފައެވެ.

މީރާއިން ބަޔަކު ޚިދުމަތް ހޯދަނީ: ފައިލް ފޮޓޯ

ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ އަދި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޢަމަލުކުރަމުންދާ އުސޫލުގެ ދަށުން، އަތޮޅުތެރޭގައި ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން 2015 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަނާޅާ ފަރާތްތަކާއި ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު މީރާއިން ހާމަކޮށްފިއެވެ.

ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް އެކި ފަހަރު މަތިން ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ޤާނޫނުގައި ކަނޑައަޅައިފައިވާ އަދަބުތައް ކިޔައިދެވިފައިވާނެ ކަމަށާއި، އެސް.އެމް.އެސްގެ ޒަރީއާއިންނާއި އެ ތަންތަނަށް ޒިޔާރަތްކޮށްގެން ވެސް އެ ފަރާތްތަކަށް އެ ކަން އެންގުމުގެ މަސައްކަތްކޮށްފައި ވާނެ ކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

މީރާގެ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ މި ލިސްޓުގައި ޖީ.އެސް.ޓީ ނުދައްކާ 82 ފަރާތެއްގެ ނަން ހިމެނެއެވެ. ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހަޅައިފިނަމަ ނުވަތަ ފައިސާ ދައްކައިފިނަމަ އެ ފަދަ ފަރާތެއްގެ ނަން އެ ލިސްޓުން އުނިކުރެވޭނެއެވެ. މީރާގެ އެންފޯސްމަންޓް ޕޮލިސީގައި ކަނޑައަޅާފައިވާ ގޮތުގެމަތިން މި ލިސްޓު ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

21 ކިލޯމީޓަރ (ހާފް މެރަތަން)ގެ ބައިވެރިއަކު ރޭސް ނިންމަނީ. ފޮޓޯ: އަފްރާޙު

މޯލްޑިވިއަން ހާފު މެރަތަން މިއަދު ހެނދުނު ބާއްވައިފިއެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމު ކޮއްގެން ބޭއްވި މި ދުވުމުގައި މިއަހަރު 3 ކެޓަގަރީއަކުން ދުވުންތެރިން ވަނީ ވާދަކޮއްފައެވެ. އެއީ 21 ކިލޯމީޓަރ ނުވަތަ ހާފް މެރަތަން އާއި 10 ކިލޯމީޓަރ އަދި 5 ކިލޯމީޓަރއެވެ.

ގިނަ ޢަދަދެއްގެ ދުވުންތެރިން ބައިވެރިވެފައިވާ އިރު،އޭގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭކަން ފާހަގަ ކޮއްލެއެވެ.

އެތްލެޓިކްސް އެސޯސިއޭޝަނުން ބުނީ އެކި ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި އެހެން ނަމަވެސް އިނާމު ދިނުމުގެ ޙަފުލާ އޮންނާނީ ފަހުގެ ތާރީޚެއްގައި ކަމަށެވެ.

 

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަން ދޭންވީ ކަންކަން ފާހަގަކުރުމަށްޓަކައި، ކ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ހާއްސަކޮށްގެން ފެށި މަސައްކަތު ބައްދަލުވުން މިއަދު ނިންމާލައިފިއެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގައި ދެ ދުވަހުގެ މުއްދަތަށް ބޭއްވި މި ބައްދަލުވުމުގެ ބޭނުމަކީ 2017 ވަނަ އަހަރާއި ހަމަޔަށް 5 މާއްދާއިން ފާސްވާ ދަރިވަރުންގެ ޢަދަދު އިތުރު ކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރުމެވެ.

ފައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ކ. އަތޮޅުގެ ޕްރިންސިޕަލުންނަށް ޚާއްޞަކޮށްގެން ބޭއްވި މި ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެޑިޔުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވިދާޅުވީ ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކޮށްފި ނަމަ ސްކޫލް ނިންމާފައި ނުކުންނަ ކޮންމެ ދަރިވަރަކީވެސް 5 މާއްދާއިން ފާސްވެފައިވާ ދަރިވަރަކަށް ހެދޭނެ ކަމަށެވެ.

އަދި ޕްރިންސިޕަލުންނަށް ޚާއްޞަކޮށް ބާއްވާ މި ބައްދަލުވުން ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންގޮސް ނަތީޖާ ޙާޞިލު ކުރެވިދާނެ ކަމަަށްވެސް އެކަމަނާ ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކ. އަތޮޅުގެ 9 ރަށަކުން ޕްރިންސިޕަލުން ބައިވެރިވެފައިވާ އިރު، ވޭތުވެ ދިޔަ އަހަރުތަކުގައި އެ ސްކޫލްތަކުގެ ނަތީޖާތަކާއި މެދު ވަނީ މަޝްވަރާކުރެވިފައެވެ.

މި ފަދަ 2 ވަނަ ބައްދަލުވުމެއް ލ. އަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ޚާއްޞަކޮށްގެން ވަރަށް އަވަހަށް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު)ގެ 27ވަނަ އަހަރީ ދުވަހުގެ މުނާސަބާގައި އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚާއްޞަ އިނާޔަތްތަކެއް ދިނުމަށް ނިންމައިފިއެވެ.

އެކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މޮބައިލް ޕްރީޕެއިޑާއި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް ޖީބީގެ ޑޭޓާ ހިލޭ ލިބޭއިރު، ޑޭޓާ ޕްލޭނެއް އެކްޓިވޭޓް ކޮށްފައި ނުވިޔަސް ހިލޭ ޑޭޓާ ލިބޭނެކަމަށް ދިރާގުން ބުންޏެވެ.

އަދި ޓަޗްނެޓް ކަސްޓަމަރުންނަށް 5 ޖީބީ އާ ހަމައަށް ހިލޭ ޑޭޓާ ލިބޭއިރު، ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 10 ޖީބީ އާ ހަމައަށް ޑޭޓާ ލިބެއެވެ.

ހިލޭ ޑޭޓާގެ އިތުރުން ސޯޝަލް މީޑިއާ އާއި ފޭސްބުކް އަދި ޓުވިޓަރގައި ޚާއްޞަ ހަރަކާތެއް ދަނީ ހިންގަމުންނެވެ. އެގޮތުން އަހަރީ ދުވަހާ ގުޅޭ ޚާއްޞަ ޕޯސްޓް ޝެއަރ ކޮށްގެން ނުވަތަ ޓްވީޓް ކޮށްގެން ސެމްސަންގް ގެލެކްސީ އެސް ސިކްސްގެ މުޅިން އާ ފޯނެއް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ.

 

 

ހދ. އަތޮޅު މަކުނުދޫ އާއި މާލެއަތޮޅު ގުޅީގައި އެސްޓީއޯގެ ބޭސްފިހާރަ ހުޅުވައިފިއެވެ.

މިއީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެރަށެއްގައި އާސަންދައިގެ ދަށުން ޚިދުމަތް ލިބޭ ބޭސްފިހާރަ ހުޅުވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ދިވެހި ސަރުކާރު ގުޅިގެން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން ހުޅޫވި 2 ބޭސްފިހާރައެވެ.

އެސްޓީއޯ ފާރމަސީ ހދ. މަކުނުދޫ އާއި އެސްޓީއޯ ފާރމަސީ ކ. ގުޅިން އާސަންދައިގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮއްދެމުން އަންނަ އިރު، މި 2 ބޭސްފިހާރަ އާއެކު އެސްޓީއޯގެ ބޭސްފިހާރައިގެ ޢަދަދު 174އަށް ވަނީ އަރާފައެވެ.

މި ބޮޑު މަޝްރޫޢު ކުރިއަށް ގެންދިއުމުގައި މިނިސްޓްރީ އޮފް ހެލްތާއި ލޯކަލް ކައުންސިލުތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެއެވެ.

 

އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްނަގައިގެން، ކުރިޔަށް އޮތް 05 އަހަރަށް ތައްޔާރު ކުރާ، ނޭޝަނަލް އިންޓެގްރިޓީ ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކޮމިޝަނާއެކު ބައިވެރިވާ އިދާރާތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން އެ އިދާރާތަކުގައި ޕްރެޒެންޓޭޝަން ސެޝަންތަކެއް ބާއްވައިފިއެވެ.

މި ޕްރެޒެންޓޭޝަންތައް ބޭއްވިފައިވަނީ  30-12 އޯގަސްޓް 2015 އަށެވެ. މިހާތަނަށް މި ޕްރެޒެންޓޭޝަން ސެޝަންތައް ދައުލަތުގެ 15 އިދާރާއެއްގައި ވަނީ ބާއްވާފައެވެ.

އެ އިދާރާތަކަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާ، މިނިސްޓްރީ އޮފް ޓްއަރިޒަމް، އެޓަރނީ ޖެނެރަލްގެ އޮފީސް، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، މިނިސްޓްރީ އޮފް  ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯރޓްސް، މިނިސްޓްރީ އޮފް ހެލްތް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، ޕޮލިސް އިންޓެގްރިޓީ ކޮމިޝަން، ލޯކަލް ގަވަރންމަންޓް އޮތޯރިޓީ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލް، ޓެކްސް އެޕީލް ޓްރައިބިއުނަލް، ކެޕިޓަލް މާރކެޓް ޑިވެލޮޕްމެންޓް އޮތޯރިޓީ، ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއެވެ. މި ސެޝަންތަކުގައި ނޭޝަނަލް އިންޓެގްރިޓީ ޕްލޭންގެ މައިގަނޑު އަސާސްތަކާއި މަޤުޞަދުތަކާއި، ޕްލޭންގައި ހިމެނެންޖެހޭ ސިޔާސަތުތަކާއި، ސްޓްރެޓެޖީތައް އަދި ބައެއް ނަމޫނާ ޙަރަކާތްތަކަށް ތަފްޞީލުކޮށް ބަލާލާފައިވެއެވެ. ކުރިއަށް އޮތް ތަނުގައި، މިފަދަ އިތުރު ސެޝަންތަކެއް ޕްލޭން އެކުލަވާލުމުގައި ބައިވެރިވެލައްވާ އިދާރާތަކުގެ އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިޔަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

 

5,660FansLike
402FollowersFollow

ޚަބަރު

މުދައްރިސުންގެ އަގުހުރި މަސައްކަތަކީ ޝުކުރުން ފުރިގެންވާ މަސައްކަތެއްކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމު ވިދާޅުވެއްޖެއެވެ. މުދައްރިސުންގެ ދުވަހުގެ މުނާސަބާގައި އެޑިއުކޭޝަން މިނިސްޓްރީން ނެރުއްވި ސަޕްލިމެންޓަށް އެކަމަނާދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ މުދައްރިސުންގެ މަސައްކަތަކީ ޤައުމެއްގެގޮތުގައި...